ކޯވިޑާ ގުޅިގެން މީރާގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދިނުމަށް ނިންމައިފިއެވެ.

މީރާއިން ބުނީ މިއީ މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތައް ހުޅުވައިގެން ހިދުމަތް ނުދިނުމަށް ސަރުކާރުން ނިންމި ނިންމުމަށް އެއްބާރުލުން ދިނުމަށް އެޅި ފިޔަވަޅެއްކަމަށެވެ. އެގޮތުން މީރާގެ ހުރިހާ ޚިދުމަތެއްވެސް އޮންލައިކޮށް ލިބޭނެކަމަށް މީރާއިން ބުނެއެވެ.

މިރާއިން ބުނީ ޓެކުހާއި ފީތައް މީރާ ކަނެކްޓު އަދި ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެކަމަށެވެ. އަދި މިނޫން ޚިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ. މީގެއިތުރުން މީރާގެ ހޮޓްލައިން 1415 ރަސްމީ ގަޑިތަކުގައި ޚިދުމަތް ދޭނެކަމަށް މީރާއިން ބުނެއެވެ.

މިރާއިން މިފިޔަވަޅު އަޅާފައިވާއިރު މާލޭ ސަރަހައްދުގައި ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން، މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އޮފީސްތައް ހުޅުވައިގެން ޚިދުމަތް ނުދިނުމަށް ސަރުކާރުން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން