އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމަށް އައިމިނަތު ޝައުނާ އައްޔަންކުރެއްވުމުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުވާން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެބިނެޓަށް މިއަދު ގެންނެވި ބަދަލުތަކުގެ ތެރެއިން، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާ ވަނީ، އަލަށް އުފެއްދެވި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލެޖީގެ ވުޒާރާގެ މިނިސްޓަރުކަން ދެއްވާފަ އެވެ.

ޝައުނާ މަގާމަށް އައްޔަންކުރުމުގެ އިތުރުންވެސް، ރައީސް ސާލިހު ވަނީ ސަރުކާރަށް ބަދަލުތަކެއް ގެންނަވާފައެވެ.

ރައީސް ގެންނެވި ބަދަލުތަކާއި ގުޅޭގޮތުން އެކި ބޭފުޅުން އެކި ގޮތަށް ވާހަކަދައްކަމުންދާއިރު، މީގެތެރޭގައި ދީނީ އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ. މިގޮތުން ދީނީ އިލްމުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޝައުނާއަށް މިނިސްޓަރުކަން ދެއްވުމެވެ.

ޝައުނާއަށް މަގާމު ދިނުމާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަބްދުﷲ ސައުދާން ވިދާޅުވީ ސަރުކާރުން ދަނީ އިސްލާމްދީނަށް މަލާމާތްކޮށް، ހަޖޫޖަހާ އެންމެން ގާތްކޮށް މަތީ މަގާމުތައް އެމީހުންނަށް ދެމުން ކަމަށެވެ.

"ދެންވެސް ބުނާނީ މިއީ ދީނަށް ނަސްރުދޭ ސަރުކާރެކޭތޯ؟" ސަރުކާރަށް ތާއީދުކުރައްވާ ޝައިޚުންނަށް އިޝާރާތްކުރައްވައި ސައުދާން ވިދާޅުވިއެވެ.



އިސްލާމް ދީން ފެތުރުމުގެ މަސައްކަތުގައި އުޅުއްވާ، އަދި ދިވެހިންގެ މެދުގައި މަގްބޫލް ޝަހުސިއްޔަތެއްކަމަށްވާ، އަލީ ރަމީޒް ބިން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނަށް ފުރައްސާރަކުރުމަކީ މިސަރުކާރުގައި އެމީހެއްގެ ގަދަރު އުފުލޭ ކަމެއްކަމަށެވެ.



ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ޝައުނާއަށް މަގާމު ދިނުމާއި ގުޅިގެން ފާޑު ކިޔާފައެވެ.



މައިގަނޑުގޮތެއްގައި ޝައުނާއަށް މީހުން ފާޑު ކިޔަމުންދަނީ ދީނަށް ފުރައްސާރަކުރާކަމަށް ބުނެއެވެ. މިގޮތުން ހުކުރު ދުވަހެއްގެ ހުކުރު ވަގުތު، ޓްވިޓަރގައި ހުތުބާއަށް ޖޯކު ޖަހައި ވާހަކަދެއްކިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި ހުކުރު ދުވަހުގެ ޚުޠުބާއަށް "ހޮޓް ބާ" ގެ ނަމުން މުޚާޠަބުކޮށް ޝައުނާ ކުރަށްވާފައިވާ ކަމަށް ބުނާ ޓްވީޓެއްވެސް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ހިއްސާކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

މުހައްމަދު

11-May-2021

ގައުމުގައި ކުރަންހުރި ކަންކަން ކުރަން ބޭނުންވާ މީހުންގައި ގައި ހުންނަންވާ ތައުލީމާއި ތަޖުރިބާ ރައީސުލްޖުމްހޫރިއްޔާއަށް ދެނެގަންނަން ނުއެގުމަކީ ގައުމުގެ ހަލާކުގެ ފެށުން.



ޓްރެންޑިން