ރައީސް ސޯލިހް ވަޒީރު ކަމަށް ދެބޭފުޅުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް ސޯލިހް ވަޒީރު ކަމަށް ދެބޭފުޅުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ގެންނެވި ބަދަލުތަކާއެކު ކެބިނެޓަށް އާ ވިސްނުމެއް ނުގެނެވުނު ކަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިއަދު ވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މަގާމުގައި ހުންނެވި އައިޝަތު ޝައުނާ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރައިން އެންޑް އެގްރިކަލްޗާގެ މިނިސްޓަރ ކަމުގެ މަގާމަށް ރައީސް ވަނީ އައްޔަންކުރައްވާފައެެވެ.

ސަރުކާރަށް ގެންނެވި މިބަދަލުތަކާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، މި ބަދަލުތަކާއެކުވެސް ކެބިނެޓަށް އާ ވިސްނުމެއް ނުގެނެވުނު ކަމަށެވެ.



އެގޮތުން ތާސްބައި އެހެން ގޮތަކަށް އަތުރާލި އިރުވެސް ވުޒާރާތައް އުފައްދާ، ވުޒާރާތައް އުވާލަނީ އެއްވެސް ސިޔާސަތެއް އޮވެގެން ނޫންކަން ފެނިގެންދާ ކަމަށް ޖަމީލް ވިދާޅުވިއެވެ.   

މި ފެނުނީ އިގުތިސާދަށް އަންނާނެކަމަށް ވިދާޅުވި "ބޫމް" އަދި އިންޓަނެޓުގެ އަގަށް ގެންނަ ބަދަލުތޯ، ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ. ސަރުކާރަށް މިއަދު ގެނައި ބަދަލުތަކާއެކު ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި އެވުޒާރާގެ މަސައްކަތް އެންވަޔަމަންޓް މިނިސްޓްރީގެ ދަށައް ވަނީ ބަދަލުކޮށްފައެވެ. މިއަދު އުވާލި ވުޒާރާގެ ވަޒީރަކަށް އެންމެ ފަހުން ހުންނެވީ ޑރ. ޖަމީލުގެ އާއިލީ ބޭފުޅެއް ކަމަށްވާ މަލީހު ޖަމާލެވެ. މަލީހު މަގާމުން ބޭރުކުރީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރުނެތްކަމުގެ ވޯޓެއް ފާސްކޮށްގެންނެވެ. ޑރ. ޖަމީލާ މަލީހަކީ ވެސް މިސަރުކާރު ވެރިކަމަށް ގެނައުމަށް އޭރު ހެދި އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން