ބައިނަލްއަގްވާމީ އެހީއަށް އެދުމަށް މާލޭ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ދިވެހި ސަރުކާރަށް ގޮވާލައްވައިފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މާލޭގެ އިންތިޚާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު މިރޭ ވަނީ ގޯހުން ގޯހަށް ގައުމުގެ ހާލަތު ނުދަނީސް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދުމަށް ސަރުކާރަށް އިލްތިމާސް ކުރަށްވާފައެވެ. ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރު މަދުވެ ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވެފައިވާ މިހާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށް ވެސް އިދިކޮޅު ޕީޕިއެމްގެ ނާއިބް ރައީސް ކަމުގައި ހުންނެވި ޑރ. މުއިއްޒު ވިދާޅުވި އެވެ.



"މިޙާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި." މިމަހު މާލޭގެ މޭޔަރުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިއަދު ރާއްޖެއިން ވަނީ 785 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލޭ ސަރަހައްދުން 540 މީހުންނާއި، އަތޮޅު ތަކުން 186 މީހުންނެވެ. މީގެއިތުރުން ރިސޯޓްތަކުން ހަތް މީހަކު ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު މާދަމާރޭ 9:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިޔު އިއުލާން ކުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން