މީގެ ކުރިން ކޮވިޑް ޖެހުނު އުމުރުން ދުވަސްވީ މީހުންނަށް ތިންވަނަ ރާޅުގައި ނުރައްކާ ބޮޑުކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަދި އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފް ވިދާޅުވީ ކުރިން ކޮވިޑް ޖެހި ރަނގަޅުވެފައިވާ އުމުރުން ދުވަސްވީ މީހުންނާއި ރާއްޖެއަށް ދިމާވި ކޮވިޑްގެ ފުރަތަމަ އަދި ދެވަނަ ރާޅުން ސަލާމަތްވި އުމުރުން ދުވަސްވީ މީހުންގެ ފުއްޕާމޭ އަދި މުޅިން ރަނގަޅުވެފައި ނުވާނެ ކަމަށެވެ. އަދި އެމީހުންގެ ފުއްޕާމޭ ކޮވިޑް ޖެހުމުގެ ކުރިން ހުރި ގޮތަށް އަދި އިޔާދަނުވާނެ ކަމަށް ޑރ. ނިޔާފް ވިދާޅުވިއެވެ. މި ސަބަބުތަކާހުރެ އެމީހުންގެ ދިފާއީ ނިޒާމު ކުރިއަށްވުރެ ބަލިކަށިވާނޭ ކަމަށް ވެސް ޑރ. ނިޔާފް ވިދާޅުވި އެވެ.



"ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ތިންވަނަ ރާޅުގައި އެމީހުންނަށް (ކުރިން ބަލިޖެހުނު އުމުރުން ދުވަސްވީ މީހުންނަށް) ބަލީގެ އަސަރު މާބޮޑަށް ކުރާނެ، އެއީ އިންތިހާއަށް ބިރުގަންނަންޖެހޭ ކަމެއް." ޑރ. އަލީ ނިޔާފް ވިދާޅުވިއެވެ.

ރާއްޖެއިން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 735 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ބަލީގެ ނުރައްކާތެރިކަން ވަނީ ބޮޑުވެފައެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 540 މީހަކު ހިމެނެއެވެ. އަދި އަތޮޅު ތަކުން 186 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވެ ސިނާއީ ރަށްތަކުން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިޔު އިއުލާން ކުރުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން