ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި އަންހެނަކު މިރޭ ނިޔާވެއްޖެ އެވެ.

މިރޭގެ ވަގުތެއްގައި ނިޔާވި ދިވެހި އަންހެން މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މި މަރާއެކު ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 75 ކަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ރާއްޖެއިން އިއްޔެ އެކަނިވެސް 734 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގުރޭޓާ މާލެ ސަރަހައްދުންނެވެ. ކޮވިޑްގެ ހާލުބޮޑުވެ މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން