ފުލުހުންގެ ހައްޔަރުގައި ހުއްޓާ މިދިޔަ އަންގާރަދުވަހު މަރުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އިނގިރޭސި ވިލާތުގެ މީހެއްކަން ހާމަވެއްޖެއެވެ.

ފުލުހުންގެ ހައްޔަރުގައި މި މީހާ މަރުވީ މިިދިއަ އަންގާރަ ދުވަހު ވިލިމާލެ ކަސްޓޯޑިއަލް ފެސިލިޓީގައެވެ.

އޭނާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޑްރަގު ހިފައިގެންއައި ދެމީހުން ކުރެ އެކަކުކަން ކުރިން ހަވާލުކުރި މައުލޫމާތުން އެނގެއެވެ. މަރުވި މީހާއަކީ 43 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ދެމަސް ދުވަސް ދީފައިވާކަން ވެސް އެނގެ އެވެ.

މަރުވި އިނގިރޭސި ވިލާތުގެ މީހާގެ އިތުރުން އެމައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ ފިރިހެނަކެވެ. މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ މިދިއަ އެޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން