ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިން ތަންފީޒުކުރުމަށް ފުލުހުން މިސްކިތްތަކަށް ފޮނުވަން ފަށައިފިއެވެ.

މާލޭގެ މިސްކިތްތަކަށް އަރާ ބައެއް މީހުން "ރަސްއޮންލައިނާ" ވާހަކަ ދައްކަމުން ބުނީ، އެޗްޕީއޭގެ ގައިޑްލައިން ތަންފީޒު ކުރުމަށް ރޭ ޢިޝާ ނަމާދުން ފެށިގެން ފުލުހުން މިސްކިތްތަކުގައި ހަރަކާތްތެރިވަމުންދިޔަ ކަމަށެވެ. އިޝާ ނަމާދުން ފެށިގެން ތަރާވީސް ނަމާދު ނިމެންދެން ފުލުހުން ތިބި ކަމަށާއި، މާސްކު ނާޅާ އުޅޭ މީހުންނަށް ފުލުހުން ނަސޭހަތްދެމުންދާ ކަމަށް މިސްކިތްތަކަށް އަރާ ބައެއް މީހުން ރަސް އޮންލައިނަށް މައުލޫމާތު ދީފައިވެއެެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެޗްޕީއޭގެ ގައިޑްލައިން ތަންފީޒު ކުރުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ހިފެހެއްޓުމެއް ނެތި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތިވަމުން ދިއުމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު އާ އުސޫލުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދު ކުރާއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި މިސްކިތުގައި ނަމާދަށް ސަފު ހަދަންވާނީ ގައިދުރުކަން ބަހައްޓައިގެން ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެއިތުރުން މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު ކާފިއު ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

މާޔޫސްޑް

11-May-2021

ކެފޭ ފިހާރަ މިސްކިތް މިތަންތާ އުޅޭ އެކަކުވެސް ގަވާއިދަށް ބޯ ނުލަނބާނެ! ބޯ ނުލެނބުން އާދަ ކޮށްދިން މީންނަށް ވެސް މިހާރު ކޮވިޑާ ހެދީ ދަތި ދޮގެއްތޯ?


6

ކޮވިޑު19

11-May-2021

ފުލުހުން މާރސްނޭޅިޔަސް އޯކޭ ރައްޔެތުމީހާމާރސްކުނާޅާއުޅޭނަމަޖޫރިމަނާ ރާއްޖެތެރޭގައި އުޅޭ ޕޮލިހުން އުޅެނީމާރސްކު ނާޅާ. އުތުރުގައި ހިމެނޭ ހއ. ހދ. ށ



ޓްރެންޑިން