ކޯވިޑް ކޭސްއެއް ފެނުމާއި ގުޅިގެން ފުވައްމުލައް ސިޓީއަށް އަރައިި ފޭބުން މަނާކޮށްފިއެވެ.

ފުވައްމުލައް ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި މިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑަށް ޕޮޒިޓިވްވި މީހާއަކީ ކަރަންޓީނުގައި، ނުވަތަ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނޫންނަމަ ކޯވިޑް ކޭސްއަކާއި ކޮންޓެކްޓްވެފައިވާ މީހެއްވެސް ނޫނެވެ.

ފުވައްމުލަކު ސިޓީ މޮނިޓަރިންގއަށް ލާފައިވާއިރު އެރަށުގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެޗްޕީއޭއިންބުނެއެވެ. ފުވައްމުލަކުގައި ސިޓީން ކޯވިޑް ކޭސްތަކެއް ފެނިގެން މީގެކުރިންވެސް ވަނީ މޮނިޓަރިންގއަށް ލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން