ކޯވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލު ގެނެސް ކާފިއު ގަޑީގައި ހުއްދަ ނަގައިގެން ޑެލިވަރީގެ ޚިދުމަތް ދެވޭގޮތަށް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މިމަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށްކަމަށެވެ. އަދި ރޭގަނޑު 9:00 އިން 00:00 އަށް ފުލުހުންގެ ހުއްދަ އާއެކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓު، ކެންޓީނު ފަދަ ތަންތަނުން ކެއުން ބުއިމުގެ ހިދުމަތް ދެވޭނީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ފުލުހުންގެ ހުއްދައާއެކު މެންދަމު 3:00 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

ކޯވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން