ނައިފަރު ގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި މީހަކު މިއަދު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މެންދުރު 12:30 ހާއިރު ނިޔާވީ ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އުމުރުން 83 އަހަރުގެ ފިރިހެނެއްކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 76 ވަނަ މީހާ އެވެ. އަނެއްކޮޅުން މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 2 ވަނަ މީހާއެވެ.

ރޭގެ ވަގުތެއްގައިވެސް ވަނީ ކޯވިޑް ޖެހިގެން ދިވެހި އަންހެނެއް ނިޔާވެފައެވެ. މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ރާއްޖެއިން އިއްޔެ އެކަނިވެސް 734 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގުރޭޓާ މާލެ ސަރަހައްދުންނެވެ. ކޮވިޑްގެ ހާލުބޮޑުވެ މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން