ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން މިހާތަނަށް އަދި ނިންމާފައިނުވާކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމާފައިވާކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އިމިއުނިޒޭޝަންގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާމަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާބަނޑު މީހުންނަށް ފައިޒާ ދިނުމާއި ގުޅޭގޮތުން ވަކި ގޮތެއް އަދި ނިންމާފައިނުވާކަމަށެވެ.

ރާއްޖޭގައި މިވަގުތު ފައިޒާ ވެކްސިން ދެނީ 16 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ. ފައިޒާ ވެކްސިންގެ އިތުރުން ސައިނޯފާމް އަދި ކޮވިޝީލްޑް ވެކްސިންވެސް ރާއްޖޭގައި ދެއެވެ. އެ ވެކްސިންތަކަކީ އާއްމުކޮށް ހުޅުވާލައިގެން ދޭ ވެކްސިންތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން