ރައީސް ނަޝީދަށް އަމާޒުކޮށް މާލޭގައި ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވާލައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދުގެ ހަށިކޮޅުގައި ވަރަށް ގިނަ ޒަޚަމްތައް ހުއްޓެވެ. ނަމަވެސް އެތެރެ ހަށްޓަށް ގެއްލުމެއް ވެފައިނުވާކަމަށް ވެސް އެނގިފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޒަޚަމްތައް ގިނަ ކަމުން އެމަނިކުފާނަށް ފަރުވާދެމުން ގެންދަނީ ހޭނައްތައިގެން ކަމަށް އެނގިފައި ވެއެވެ.

ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވާލިއިރު އެސަރަޙައްދުގައި ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ އެސަރަޙައްދުގައި އޮތް ކާރަކަށް ރައީސް ނަޝީދު އަރާވަޑައިގަންނަވަނިކޮށްކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި ބިދޭސީއަކަށް ގެއްލުން ވެގެން ކާރަކަށް އަރުވައިގެން ގެންދާ މަންޒަރުވެސް ވަނީ ފެނިފައެވެ.

އެއްޗެއް ގޮއްވާލި ސަރަޙައްދުގައި އެމްއެންޑީއެފާއި ޕޮލިހުން ދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ތަފްސީލް އަންނަނީ...


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން