ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ނުރައްކާތެރި ހަމަލާގެ ތަހުގީގަށް ބޭރުގެ މާހިރުންގެ އެހީ ހޯދަން ފުލުހުންގެ ކިބައިން އެދެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިރޭ ނިންމައިފި އެވެ.

މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާއިން ބާރު ލިބިގެން އުފައްދާފައި އޮންނަ ކޮމިޓީއެކެވެ. ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ކަންތައްތަކުގައި އެ ކޮމިޓީއަށް ޖަވާބުދާރީވާން ލާޒިމް ކުރެއެވެ. ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ރޭ ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމާއި ގުޅޭގޮތުން ބައެއް މީޑިޔާ އަށް މައުލޫމާތުދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަަސްލަމް ވިދާޅުވީ އެންމެ ފުރަތަމަ މަރުހަލާގައި ހެކި ނަައްތައިލަން [ކުށްވެރިން] މަސައްކަތް ކޮށްްފާނެ ކަމަށް ބަލައި އެކަންތައްތަކަށް ރިއާޔަތްކޮށް ތަހުގީގު އަވަސް ކުރުމަށާއި ބޭރުގެ މާހިރުންގެ އެހީ ހޯދަން ފުލުހުންނަށް އަންގަން ކޮމެޓީން ނިއްމާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ރޭ ހަމަލާ ދީފައިވަނީ އެ މަނިކުފާނުގެ ގެކޮޅުގެ ކައިރީގައި އެއްޗެއް ގޮއްވާލައިގެންނެވެ. އެ ހަމަލާ ދީފައިވަނީ ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުުޅުއްވަނިކޮށެވެ. ހަމަލާއަށް ފަހު ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދޭން ފަށާފައެވެ.



މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ނުރައްކާތެރި ހަމަލާގެ ތަހުގީގަށް ބޭރުގެ މާހިރުންގެ އެހީ ހޯދަން ފުލުހުންގެ ކިބައިން އެދެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ނިއްމާފައިވާއިރު އެހަމަލާގެ ތަހުގީގްގައި ބައިވެރިވުމަށް އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ ޓީމެއް އަންނަ ހޮނިހިރު ދުވަހުން ރާއްޖެ އައުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ސަރުކާރުން ހޯދަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން