ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ޒަޚަމްވެވަޑައިގެން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެންމެ ފަހުން ފެށި ސާޖަރީ ނިމިއްޖެ ކަމަށް އެމަނިކުފާނު އާއިލާއިން ބުނެފި އެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް، ނާޒިމް ސައްތާރު ވިދާޅުވީ ރައީސް ނަޝީދުގެ ހުރިހާ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު މިހާރު ނިމިފައިވާ ކަމަށެވެ. ރައީސް ނަޝީދު ސާޖަރީތައް ނިމުނު ނަމަވެސް އެމަނިކުފާނު މިވަގުތު އޮންނެވީ އައިސީޔޫގައެވެ. އެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކަށް ފަރުވާދޭން އޭޑީކޭއަށް ގެންގޮސް ހަތަރު ސާޖަރީއެއް ވަނީ ކޮށްފައެވެ. އާއިލާއިން ބުނީ ރައީސް ނަޝީދުގެ ހާލުކޮޅުު ރަނގަޅު ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ސައިކަލެއްގައި އެއްޗެއް ހަރުކޮށްފައި ގޮއްވާލައިގެންނެވެ. ފުލުހުން ބުނީ މި ހަމަލާ އަކީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާކުރަން ދިން ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ބަލައި އެ ތަހުގީގު ފަށާފައިވާ ކަމަށެވެ. އެ ހަމަލާއަށް ޝައްކު ކުރެވޭ ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށް ކޮމިޝަަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. ރޭގެ މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ ތިން ސިފައިންނާއި އާއްމު މީހެއްގެ އިތުރުން ބިދޭސީއަކަށެވެ. މިމައްސަލައިގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު