ރާއްޖޭގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދިޔަ ތިން މީހަކު މިއަދު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑްގައި މިއަދު ނިޔާވި ފުރަތަމަ މީހާއަކީ ޑީއެޗް-11 ގައި އެޑްމިޓްކޮށްފައި އޮތް އިންޑިއާގެ އުމުރުން 60 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ނިޔާވީ ރޭ މެންދަމުން އަލިވެ 3:47 ގައި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ނިޔާވި ދެވަަނަ މީހާއަކީ ކ. މާފުށީގައި އައިސޮލޭޓްކޮށްފައި ހުރި އުމުރުން 37 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނަކު ވެސް މިއަދު ވަނީ ނިޔާވެފައެވެ. އެޗްޕީއޭ އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާދެމުން ދަނިކޮށް އަންހެން މީހާ ނިޔާވީ މިއަދު މެންދުރު ފަހު 2:46 ހާއިރު ކަމަށެވެ.

އިއްޔެ އެކަނިވެސް ރާއްޖޭގައި ކޮވިޑް ޖެހިގެން ހަ މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި މާލޭގައި ނިޔާވި ތިން މީހަކާއި ޅ ނައިފަރުގައި ނިޔާވި ދެ މީހަކު އަދި އއ ރަސްދޫގައި ނިޔާވި މީހަކު ހިމެނެއެވެ. މިއަދަދު ތަކާއެކު ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުން އަދަދު މިހާރު ވަނީ 82 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން