ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއަށް ފަހު ކުރި އޮޕަރޭޝަނަށް 16 ގަޑިއިރު ހޭދަވި ކަމަށާއި، އަދި އެމަނިކުފާނުގެ ހާލުކޮޅު ގޯސްކަމުން، އޮންނެވީ އައިސީޔޫގައި ކަމަށް އެމަނިކުފާނަށް ފަރުވާދެމުންދާ އޭޑިކޭ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ރައީސް ނަޝީދުގެ ފުރާނަ ސަލަމާތް ކުރުމަށް މިއަދު މެންދުރު ކުރި އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. 16 ގަޑިއިރުގެ އޮޕަރޭޝަންތަކަކީ ރައީސް ނަޝީދުގެ ބޮލަށާއި މެޔަށާއި ބަނޑަށް އަދި ފަޔަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކޮށްފައިވާ އޮޕަރޭޝަންތަކެއް ކަމަށް އޭޑީކޭ އިން ބުނެ އެވެ.



"މިވަގުތު ރައީސް ނަޝީދު އޮންނެވީ އައިސީޔޫގައި. އެމަނިކުފާނުގެ ހާލު ސީރިއަސް" އޭޑީކޭއިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

އޭޑީކޭއިން ބުނީ، ރައީސް ނަޝީދުގެ އާއިލާގެ އިޒުނައާއި އެކު އެމަނިކުފާނުގެ ހާލުކޮޅުގެ މައުލޫމާތާއި ފަރުވާގެ ކަންކަމުގެ މައުލޫމާތު ކުޑައިރުކޮޅެއްތެރޭގައި ހާމަ ކުރާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ހުރިހާ ސާޖަރީއެއް ކާމިޔާބުކަމާއެކު މިހާރު ނިމިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެ ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކަށް ފަރުވާދޭން އޭޑީކޭއަށް ގެންގޮސް ހަތަރު ސާޖަރީއެއް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން