ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޙައްމަދު ނަޝީދު ފަށްޓާވަފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ހަމަލާދިން މައްސަލައާއެކު ދިގުދެމިގެންދާގޮތަށް ފަށާފައިވާ ޚާއްސަ ޖަލްސާގައި މިއަދު ހަވީރު ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ރައީސް ނަޝީދަށް ހަމަލާއެއް ދީފައިވަނީ މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ފަށްޓަވާފައި ވަނިކޮށްކަން ފާހަގަކުރައްވާފައެވެ.
މަޖިލީހުގެ ރައީސް އަލުން އަނބުރާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަންދެން ވެސް އެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
"އެމަނިކުފާނަށް (ރައީސް ނަޝީދަށް) އަލުން އަނބުރާ އާދެވެންދެން އަޅުގަނޑު ހަމަ ގައިމު ވެސް އަޅުގަނޑުގެ ހުރި ހިތްވަރަކާއެކު ކުރިއަށް ގެންދާނަން." ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ހާލުކޮޅު އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އޮޕަރޭޝަންތައް ނިންމުމަށްފަހު ޒަޚަމްތައް ރަނގަޅުވުމުގެ މަރުހަލާ ކުރިއަށްދާ ކަމަށާއި ހާލަތު ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު