ރާއްޖޭގައި މިހާރު މި ފެންނަނީ ކޮވިޑްގެ އާ ވޭރިއަންޓެއް ކަމަށް ޑރ. މުހައްމަދު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

ޑރ މުހަންމަދު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު މި ފެންނަނީ ކޮވިޑްގެ އާ ވޭރިއަންޓެއް ކަމަށާ ފެންނަ ފެނުމަށް މި ވޭރިއަންޓް މާ ނުރައްކާ ކަމަށެވެ. އެގޮތުން މިވޭރިއަންޓުން ފުއްޕާމެއަށް މާ ބޮޑަށް އަސަރު ކުރުވާކަމަށް ޑރ. މުހަންމަދު އަލީ ވިދާޅުވިއެވެ. މިއީ އަވަހަށް ފެތުރިގަންނަ ވޭރިއެންޓެއް ކަމަށްވެސް ޑރ. މުހަންމަދު އަލީ ވިދާޅުވިއެެވެ.



އެހެންކަމުން އެމީހެއްގެ ކޮންޓެކްޓް ބަބުލް ކުޑަ ކުރުމަށާއި، ރަނގަޅަށް މާސްކް އެޅުމަށާއި، އަތް ދޮވުމާއި ބަލިން ސަލާމަތްކޮށްދެއްވުމަށް މާތް ﷲގެ ހަޟުރަތުގައި ދުއާ ދެންނެވުމަށް ޑޮކްޓަރު މުހަންމަދު އަލީ ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާނަމަ، ރާއްޖޭގައި މި ބަލީގައި އާ ވޭރިއެންޓެއް އުފެދުމަކީ ވަރަށް ގާތް ކަމެއް ކަމަށް އެޗްއީއޯސީއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ވޭތުވެ ދިޔަ ސައުވީސް ގަޑިއިރު ތެރޭގައި އެކަނި ވެސް ކޮވިޑް-19 އަށް އިތުރު 766 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 34،134 އަށް އަރާފައެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން