ކޮވިޑް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ (ރަސް ފޮޓޯ- ޝާހް)
ކޮވިޑް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ (ރަސް ފޮޓޯ- ޝާހް)
ވޭތުވެ ދިޔަ ސައްވީސް ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 766 މީހަކު ޕޮޒިޓިވްވެ ކޮވިޑްގެ ބިރުވެރިކަން ވަރަށް ބޮޑުވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 34،134 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 571 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 171 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ. ރިސޯޓްތަކުން 23 މީހަކު ޕޮޒިޓިވްވެފައިވާއިރު އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ވޭތުވެ ދިޔަ ސަައްވީސް ގަޑިއިރު ތެރޭގައި ޖުމުލަ 3 މީހަކު ބަލީގެ ނިޔާވެ ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 82 އަށް އަރާފައެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަށް މީހުން ކޮވިޑް ޖެހިގެން ނިޔާވެފައި ވެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ކޮންމެ ރެއަކު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިޔު ހިންގައި ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށްވެސް ވަނީ ބަންދުކޮށް ކާފިއު ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން