ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގުކޮށް އިންސާފު ގާއިމްކުރުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިއަދުވަނީ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާ ތަހުގީގުކޮށް އިންސާފު ގާއިމްކުރުމަށް ދިވެހި ފުލުހުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ތަހުގީގުގެ ބޭނުމަށް މީހުން ހިފާ ހައްޔަރުކޮށް ފިޔަވަޅު އަޅަމުން ގެންދަނީ ޖިނާއީ އަދުލްގެ ނިޒާމްގައި ރޭވިފައި އޮންނަ ހަމަތަކަށް ރިއާޔަތްކޮށް ކަމަށެވެ.
"އެއީ ޖިނާއީ އިޖުރާއަތުގެ ހަމަތަކަށް ރިއާޔަތްކޮށް ޝަރީއަތަށް ބޭނުން ހިފޭނެ ހެކި ހޯދުމަށް އަމާޒުކޮށްގެން، މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމަށް އެދެން." އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ މިއަދު މެންދުރުފަހު އެކަމުގެ އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު