ލ. ގަމު މިސްކިތެއްގައި ދަމު ނަމާދު ކުރަމުން ދަނިކޮށް މުދިން މީހާ އަށް ހަމަލާ ދީފިއެވެ.

ފުލުހުން މިއަދު ބުނީ ގަމު ތުނޑީ އަވަށުގެ އާބާދީ ސަރަހައްދު މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް މީހަކު ވަދެ މުދިން މީހާގެ ގައިގައި ޖަހާ މައިކް އެއްލާލުމަށްފަހު ދިޔަ މައްސަލައެއް ރޭގެ ދަންވަރު 2:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން