ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިކަން ކަށަވަރުކޮށްދެއްވައި ވިދާޅުވީ ރައީސް ޞާލިޙުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ނަމަވެސް އެކަމަނާގެ ހާލުކޮޅާބެހޭގޮތުން ތަރުޖަމާން އެއްވެސް އެއްޗެއް ހާމަކުރަށްވާފައެއް ނުވެއެވެ.

އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވިއިރު އާލަސްކަންފުޅާ އުޅުއްވާތާ ވެސް އަހަރު ތަކެއް ވެއްޖެއެވެ.

ރާއްޖެއަށް ކޮވިޑްގެ ތިންވަނަ ރާޅެއް އަރައި ކޮވިޑް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިފަހަކަށް އައިސް އެއްދުވަހުން އަނެއް ދުވަހަށް ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް 1000 އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކކކކ

11-May-2021

މުޒާހިިރާ ކުރަން ދިޔައިމަ ވާނީ އެހެން.


-1

ކިނބޫ

11-May-2021

އިދިކޮޅަށް ކޮވިޑް ޖައްސަން އުޅުނު މީހުން މިހާރު ކިޔަނީ ކީކޭތޯ ބަލަން ވަރަށް ބޭނުން.



ޓްރެންޑިން