ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 1،091 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35،815 އަށް އަރާފައެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 9،423 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 933 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 158 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 06 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 147 މީހަކު ހިމެނެއެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 250 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 4،507 ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 307 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 26،299 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 84 އަށް އަރާފައެވެ.
މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 300،906 މީހަކު ރާއްޖޭގައި ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 130،886 މީހަކު މިހާތަނަށް ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ކޮވިޑްގެ ތިންވަނަ ރާޅެއްގެ އަސަރުކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެއްވެސް ކޮންޓްރޯލެއް ނެތި ބަލި ފެތުރޭން ފެށުމުން ކުރިން ދީފައިވާ ދޫތައް ވެސް މިހާރު ވަނީ އަލުން ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު ކާފިއު ހިންގުމާއި ކުޅިވަރު ހަރަކާތްތައް ހުއްޓުވުމާއި އޮފީސްތައް ބަންދު ކުރުމާއި އެއްވުންތަކާއި ހަފުލާތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. މީގެއިތުރުން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުމާއި ވިޔަފާރިތައްވެސް ރޭގަނޑު ނުވައަކުން ފަތިހު ހަތަރަކަށް ބަންދުކުރުން ހިމެނެއެވެ.
މިއާއެކު ކޮވިޑް ފެތުރުން ކުޑަކުރުމަށް އާންމު ރައްޔިތުން އެއްބާރުލުންދީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމާއެކު ކޮންމެހެން ނުކުންނާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ގެއިން ނުކުމެ ނޫޅުމާއި މާސްކް އެޅުމާއި އަތްދޮވުމާއި އާންމު ތަންތަނަށް ނުކުމެ އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުމަށް ސިއްހީ މާހިރުން ގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ހުރިހާ ރައްޔިތުންވެސް ސަރުކާރަށް އެއްބާރުލުންދީ ސިއްހީ މާހިރުންގެ ނަސޭހަތް ގަބޫލުކޮށް ބަސްއެހުމަށް ސަރުކާރުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު