ގޯސް ހެދުނު ކަމަށް އިއުތިރާފްވެ ރާއްޖޭގެ ކޮވިޑްގެ ހާލަތު ބަދަލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާވެ ދުވާލަކު ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 700 އިން މައްޗަށް އަރާފައެވެ. މިދިޔަ ހަތަރު ދުވަހުވެސް ރާއްޖޭގެ ކޮވިޑް ޕޮޒިޓިވް މީހުންގެ އަދަދު އުޅެނީ 700 އިން މަތީގައެެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވަނީ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރާއި އެޗްޕީއޭއަށްވެސް ގޯސްތަކެއް ހެދިފައިވާކަމަށް ވިދާޅުވެ އަމިއްލައަށް އިއުތިރާފްވެ ވަޑައިގެންފައެެވެ. މަބުރޫކް ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް އެންމެ ރަނގަޅަށް ކުރެވިފައި ނެތުމަކީ ބަލިފެތުރިގެންދިޔަ އެއް ސަބަބު ކަމަށެވެ. އަދި އެޗްޕީއޭއިން ދިން ބައެއް ލުއިތައް ނާޖާއިޒު ގޮތުގައި ބޭނުންކުރި ބަޔަކު ތިބި ކަމަށާ އެކަންކަން އެއަށްވުރެ ރަނގަޅަށް ބެލެހެއްޓުނުނަމަ ހާލަތު މިހާ ގޯސްނުވީސް ކަމަށް މަބުރޫކް ވިދާޅުވިއެެވެ. މުޒާހަރާތަކާއި އެއްވުންތައް ނުހުއްޓުވި ކެމްޕެއިންގެ ހަމަތައް ދޫކޮށްލެވުމަކީވެސް ހެދިފައިވާ ގޯސްތަކުގެ ގޮތުގައި މަބުރޫކް ވަނީ ފާހަގަކުރައްވާފައެެވެ.

"މީގެތެެރޭގައި އަޅުގަނޑުމެންނަށްވެސް ހެދިފައި ހުރި ގޯސްތައް ނުވަތަ ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ. އެކަންކަން އަޅުގަނޑުމެން ޖެހޭނެ ގަބޫލުކުރަން. އެޗްޕީއޭ އެކަންޏެއް ނޫން ސަރުކާރުގެވެސް އަދި އެހެން މުއައްސަސާތަކުންވެސް އެއަށްވުރެ ރަނގަޅަށް ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ." މަބުރޫކް ވިދާޅުވިއެެވެ.

މީގެ އިތުރުން މަބުރޫކް ވިދާޅުވީ ކޮވިޑްގެ އެންމެ ނުރައްކާ ހާލަތު ދިމާވެއްޖެ ކަމަށެވެ. މިއަދު މަަސައްކަތް ކުރަންވީ އެ ކަމުން އަރައިގަތުމަށް ކަމަށާއި، މިއީ އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަންވީ ވަގުތު ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ އަނެއްކާވެސް ރައްކާތެރިކަން ގާއިމު ކުރެވޭނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ސަރުކާރު

13-May-2021

ކޮންމެ ފަހަރަކުވެސް ހަމަ ސަރުކާރުން ގޯސް ހަދަނީ. އެކަމަކު ރައްޔަތުން އޭގެ ބަދަލު ދޭން ޖެހެނީ. ކޮންމެ ފަހަރަކު ހަާލަތު ގޯސް ވީމަ ރައްޔަތުންގެ ފައިގަ ކަސްތަޅު ނާޅުވާ, އެހެން ގޮތަކަށް ހައްލު ކޮއްބަލަ. ޙެޔޮ ނުވާނެ. މީހުން ނަފްސާނީވެ ނިމިއްޖެ. ދެން ދުވަސް ކޮޅަކުން އެމެރިކާއަށް ވާހެން ސައިކޯ މީހުން ގިނަ ވާނީ.


-8

މުސްކުޅި ބާޣީ ވަޒީރު

11-May-2021

ގޯސް ހެދި މީހުން އެކަހެރިވެލާ.


17

ސިޔާ

11-May-2021

ބުރަވާނަމަ ފިލާބަލަ



ޓްރެންޑިން