ކޮވިޑް ޖެހިގެން އައިސީޔޫގައި ފަރުވާ ހޯދާ ގިނަ މީހުން ވެކްސިން ޖަހާފައިނުވާ ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ އައިސީޔޫގައި ފަރުވާ ހޯދާ ގިނަ މީހުން ވެކްސިން ޖަހާފައިނުވާ ކަމަށާއި، އެހެން ނަމަވެސް ކޮވިޑް ޖެހިގެން ފަރުވާ ދޭ ބަލި މީހުންގެ ތެރޭގައި ވެކްސިން ފުރަތަމަ ޑޯޒް އެކަނި ޖަހާފައިވާ ދެ މީހަކާއި އަދި ދެ ޑޯޒް ފުރިހަމަކޮށްފައިވާ އެކަކު ހިމެނޭ ކަމަށެވެ.

"އެއް ޑޯޒް ޖެހި ދެމީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރަށް ލުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފައި." ޑރ. މުހަންމަދު އިސްމާއިލް ވިދާޅުވިއެެވެ.

މީގެއިތުރުން އައިސީޔޫގައި މާބަނޑު ދެ މީހުންނަށް ފަރުވާ ދެމުންދާ ކަމަށާއި އަދި އެމީހުން ވެންޓިލޭޓަރަށް ލާން ނުޖެހޭ ކަމަށް ޑރ. މުހަންމަދު އިސްމާއިލް ވިދާޅުވިއެވެ.

ޑރ. މުހަންމަދު އިސްމާއިލް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުން ކަން ފާހަަގަކުރައްވާފައެެވެ. ކުރިން މި ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް، ކޮވިޑްގެ އާ ރާޅާއެކު ހާލަތު ބަދަލުވެފައިވާ ކަމަށް ޑރ. މުހަންމަދު އިސްމާއިލް ވިދާޅުވިއެވެ.

"ޒުވާނުން ވެސް ވަރަށް ގިނައިން ސީރިއަސް ހާލަތަށް އެބަދޭ،" ޑރ.މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ކޮވިޑްޖެހޭ ކުޑަކުދިންގެ އަދަދު ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ 211 ކުއްޖަކަށް މި ބަލިޖެހިގެން މިހާރު ވަނީ ފަރުވާ ދޭން ފަށާފައެެވެ.


ކިޔުންތެރިންގެ ހިޔާލު


-2

މަންމަ

12-May-2021

ރިޒޯޓްތަކުގައި ތިބި ގިނަ މީހުން ތިބީ 2 ވަނަ ޑޯޒް ނުލިބިފައި އެއީވެސް ދިވެހިން މާލޭގައި އާއި ރަށްރަށުގައި އުޅުނު ބިދޭސީންނަށް 2ޑޯޒް ދެވުނުއިރު އަހަރުމެންގެ ދަރިން އެތިބީ ބިރުވެރިކަމުގައި ރިޒޯޓްތަކުގައި



ޓްރެންޑިން