އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދަޢުވާ ކުރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި، އެމައްސަލައިގައި ހެކި ހޯދާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އެ މައްސަލަ މައުޟޫޢީ ގޮތުން ކޯޓުގައި ބަލާނެ ޖާގައެއް ނެތްކަމަށް ނިންމައި މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލާފައެެވެ.
އަަބްދުއްރަހީމްގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28، ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރުމުން ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، އަޑުގަދަކުރާ ބޭނުންކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުންކުރެއްވި ކަމަށް ބުނާ މައްސަލައިގައެެވެ.
އެ މައްސަލައިގައި އަދުރޭގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 615ގެ (ހ)ގެ ތިން ވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ނ) އާއި (ށ)ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައިވަނީ އޮކްޓޯބަރު 26، 2020 ގައެވެ. (އަދުރޭ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ މީގެ ކުރިން ވަނީ އިންކާރުކުރައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު