ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވަނީ އެފަދަ ނުރައްކާތަކުގެ ވާހަކަ އާއިލާގެ ތެރޭގައި ދައްކަމުންދަނިކޮށްކަމަށް ރައީސް ނަޝީދުގެ އާއިލާއިން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް މިދިޔަ ބުރާސްފަތިދުވަހުގެރޭ ޓެރަރިސްޓް ހަމަލާއެއް ދީފައިވާއިރު، އެމަނިކުފާނަށް އެފަދަ ނުރައްކާތައް އަބަދުވެސް އޮންނަކަމުގެ ވާހަކަ އާއިލާގެ ތެރޭގައި އޮންނަކަމަށް ރައީސް ނަޝީދުގެ އާއިލާއިން ވިދާޅުވެއެވެ.

މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު ވިދާޅުވީ ރައީސް ނަޝީދަށް އޮންނަ ނުރައްކާ ދުވަހުން ދުވަހަށް ދިޔައީ އިތުރުވަމުންކަމަށެވެ. ނަމަވެސް އެކަމުގައި އާއިލާއަށް ކުރެވޭނެ މާބޮޑު ކަމެއްނެތްކަމަށާއި ސަބަބަކީ ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދެނީ ސަލާމަތީ ޚިދުމަތްތަކުން ކަމަށްވާތީކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދަށް ހަމަލާއެއް އަމާޒުވީ ރައީސް ނަޝީދަށް އޮތް ނުރައްކާ ކުރިއަށްވުރެ ބޮޑުވެފައިވާކަމުގެ ވާހަކަ މިދިޔަ ހަފުތާގެ ތެރޭގައި ދައްކަމުންދަނިކޮށްކަމަށް ނާޝިދު ވިދާޅުވިއެވެ.

"ތްރެޓް ބޮޑުވާވާހަކަ މާ ޑީޓެއިލްކޮށް މިހަފްތާގެ ތެރޭގަ ދައްކަމުން ދިޔައީ. ތްރެޓް ލެވެލް ވަރަށް ބޮޑުވެއޭ. މިހާރު އެބަ ވިސްނޭ ކީއްވެކަން އެވާހަކަ ފާއިތުވި ހަފްތާގަ އެ ދެއްކީ." ނާޝިދު ވިދާޅުވެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާުނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންވަނިކޮށް ސައިކަލުގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާއިރު، އެމަނިކުފާނުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުންނެވެ.

އަނެއްކޮޅުން އެމައްސަލައިގައިި ތުހުމަތުކުރެވޭ 3 މީހަކު ފުލުހުން ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އަދި އެކަމާއި ގުޅޭ ފޮޓޯއާއި ވީޑިއޯ ފުލުހުން ދަނީ އާއްމުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-11

ފޮނިޓައްޕު

11-May-2021

ތިހުރިހާ އެއްޗެއް ވެސް ތިމީހުންނަށް އެނގި ތިބެ އަންގަންޖެހޭ ފަރާތްތަކަށް މަންފާ ތިބުނާ އެނގޭ އެޙަމަލާ އަކީ ކުލުނު ޑްރާމާއެެއްކަން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެބޮޑުވަޒީރު ކަން ބޭނުންވެގެން ޖައްސާ ސްޓަންޓް.



ޓްރެންޑިން