ކޮވިޑް-19 ޖެހިގެން ކ. މާފުށިން މީހަކު ނިޔާވެ އެބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ނިޔާވި ތިންވަ މީހާއަކީ 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 87 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 9:45 ގައި ކަމަށެވެ. ސާމްޕަލް ނެގީ މަރުވި ފަހުން ކަމަށާއި، އޭނާގެ ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.



އެޗްޕީއޭއިން ވަނީ އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މާފުއްޓަކީ އަތޮޅުތެރެއިން ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ އެއްރަށްކަން ފާހަގަކޮށްލެވެއެވެ. ކޮވިޑްގެ ކޭސްތަކެއް ފެނި އެ ރަށް ވަނީ ބަންދުކޮށްފައެވެ. އެރަށުން 430 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިވަގުތު ބަލިޖެހިފައި ތިބީ 250 މީހުންނެވެ.

މިއަދުގެ ފަތިހުގެ ވަގުތެއްގައި އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންދިޔަ 75 އަހަރުގެ މީހަކު ވެސް ވަނީ ނިޔާވެފައެވެ. އަދި ބ. އޭދަފުށިން ވެސް 85 އަހަރުގެ ފިރިހެނަކު ވަނީ ބަލީގައި ނިޔާވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން