އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އެންމެ އިސް ބައިވެރިއެއްގެ ގޮތުގައި ބެލެވޭ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އެސްއޯފާ ޑޮލަރުގެ މުއާމަލަތް ކުރި އެންމެންނަކީ ބޮޑު ޚިޔާނާތުގެ ބައިވެރިންނަށް ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްބުނާ އެޚިޔާނާތުގެ ތުހުމަތުކުރޭ މީހުންގެ ތެރެއިން އޭރާއި މިހާރު ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފޮނުވާފައެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އެއަދަދު ވަނީ 281 އަށް އަރައިފަ އެވެ.
އެ ލިސްޓްގައި މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ހިމެނެއެވެ. ނަމަވެސް އެ ލިސްޓް މި ދަނޑިވަޅުގައި ހާމަކުރަން މަޖިލީހުން ވަނީ ދެކޮޅު ހަދާފައެވެ.
އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް ކަންވެސް ކުރެއްވި އަލްހާން ފަހުމީ ވިދާޅުވީ މަޖިލިސް މެމްބަރަކު ކޮރަޕްޝަންގެ ބައިވެރިއަކަށް ނުހެދޭނެ ކަމަށާއި ކޮރަޕްޝަން ހިންގުމުގައި މަޖިލީހުގެ މެމްބަރަކަށް ބައިވެރިވެވޭނެ ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށެވެ.
"އަދީބާއި އެސްއޯއެފާއި މުއާމަލާތްކުރި އެންމެންނަކީ ކޮރަޕްޝަންގެ ބައިވެރިންނަށް ނުހެދޭނެ." ޚިޔާނާތުގެ މުގުލުގައި ހުރި އަދީބާއި އެސްއޯއެފާއެކު ޑޮލަރު ގަތުމުގެ މުއާމަލާތް ކުރި މީހުންނަށް އިޝާރަތް ކުރައްވަމުން އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ޚިޔާނާތުގެ މައްސަލަ ރައީސް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދަނިކޮށް އެމައްސަލަ ބެލުމަށް ކަމަށް ބުނެ މަޖިލީހުން ކުރަމުންދަނީ އިޚުލާސްތެރި މަސައްކަތް ތަކެއް ނޫން ކަމަށެވެ.
"މިއީ ބަޔަކަށް ދައްކާ ބިރެއް އިންޒާރެއް! ޕާޓީ މީހުން މަޖިލިސް ތެރޭ ކޮން ސަކަރާތެއްތޯ؟ ސިޔާސީ ކޯޅުން ބޮޑުކޮށް ސަރުކާރު ހިންގަން ދަތިކުރުން އަދުގެ ހާލަތު އަމުދުން ގޯސް." ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ވިދާޅުވިއެވެ.
އެމެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިބި މީހުން މިހާރުން މިޙާރަށް ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިރޭ ވަނީ ހުށަހަޅުއްވާފައެވެ. ޚިޔާނާތުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ދިރާސާ ކުރަމުންދާއިރު ދެން ބާއްވާ ބައްދަލުވުމެއްގައި ކޮމިޓީގެ ރިޕޯޓް ފައިނަލްކޮށް، މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށް ވަނީ ނިއްމާފައެވެ.

ކިޔުންތެރިންގެ ހިޔާލު