އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ނާއިބް މުގައްރިރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ އެކޮމިޓީން އިސްތިއުފާ ދެއްވައިފި އެވެ.
އަލީ އާޒިމް ކޮމިޓީއިން އިސްތިއުފާ ދެއްވާފައިމިވަނީ ހިޔާނާތުގެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު، އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވާފައި ވަނިކޮށެވެ. އަދި ބައެއް މީޑިއާތަކުން ވަނީ އަލީ ޢާޒިމްގެ ނަން ވެސް އެލިސްޓުގައި ހިމެނޭ ކަމަށް ރިޕޯޓްކޮށްފައެވެ.
މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ މެމްބަރު އަލީ އާޒިމް އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭނާގެ ބަދަލުގައި ކޮމެޓީގައި އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަން އިއުލާންކުރައްވާފައެވެ.
އަލީ އާޒިމް ކޮމިޓީން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނައިބު މުގައްރިރުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ހަމަޖައްސާފަ އެވެ. އެގޮތަށް ހަމަޖެއްސީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާއެކު އެވެ.
ބައެެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ކޮމިޓީއަށް ލިބިފައިވާ ލިސްޓުގައި އޭނާގެ ނަން އޮތް ކަމަށް ވާހަކަ ދެއްކެވޭ ކަމަށާއި ނަަމަވެސް އެ ލިސްޓުގައި ނަން އޮންނަން ޖެހޭ ސަބަބެެއް ނެތް ކަމަށެވެ. އެކަމަކު 241 ކޮމިޓީން މިވަގުތަށް ދުރަށް ވަޑައިގަތީ އިންޓެގްރިޓީ ހިފަހައްޓަވަން ކަމަށާއި ނަމަވެސް އޭނާގެ އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ކޮމިޓީން އޭނާ އެެއްކޮށް ވަކިވެވަޑަައިނުގަންނަވާ ކަމަށެވެ. ހަމަ އެކަނި އެ މައްސަލަ ބަލާ ނިމެންދެން ވަގުތީ ގޮތުން އެއް ފަރާތްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު