މާލެ ސިޓީގެ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން އެމްއެންޑީއެފުން އެތަން ބަލައި ފާސްކުރިއިރު އެތަނުން ނުރައްކާތެރި އެއްވެސް އެއްޗެެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެމްއެންޑީއެފުން އެތަން ބަލައި ފާސްކޮށް ކްލިއާ ކޮށްފައިވާ ކަމަށެވެ. އަދި މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން ބިހުރޯޒް މިސްކިތް ބަލާފާސްކުރުން ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅުންހުރި އެއްޗެއް ކަމަށް ބެލެވިގެން ކަމަށް އެނގިފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ތުހުމަތު ކުރެވި އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތު ވެސް 15 ދުވަހަށް އިތުރުކޮށްފައެވެ. ފުލުހުންނާއި އެމްއެންޑީއެފާއި އޮސްޓްރޭލިޔާގެ ފެޑްރަލް ޕޮލިސް ގުޅިގެން މިހާދިސާ ވަރަށް ސީރިއަސް މައްސަަލައެއްގެ ގޮތުގައި އަންނަނީ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޗައިވާލާ

12-May-2021

ތިޔަހެންކިޔާ މިސްކިތެއް ހުރޭތޯ?



ޓްރެންޑިން