ޓެރަރިސްޓު ހަމަލާތައް މަދުކުރުމަށް އެކްސްޓްރީމިޒަމް (ހަރުކަށި ފިކުރު) އަދި އެތީޒަމް (ދީން ޤަބޫލު ނުކުރުން) އާއި ގުޅޭގޮތުން މިހާރު ރާއްޖޭގައި ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޓެރަރިސްޓު ހަމަލާތައް މަދު ކުރުމަށްޓަކައި އެކްސްޓްރީމިޒަމް އަދި އެތީޒަމް އާއި ގުޅޭގޮތުން ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރަން ޖެހޭކަމަށެވެ. މިގޮތުން ބަދަލު ހިފުމާއި، ގޮންޖެހުމަށްވުރެ އިސްކަން ދޭންޖެހޭނީ ހިކުމަތްތެރިކަމާއެކު މުޅި މުޖުތަމަޢަށް ބަލައިގަންނަ ގޮތްތަކަށް ވިސްނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.



ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް އުފައްދައި އެ ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެއެވެ. ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރަައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އެއްދީ އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އެ ހަމަލާއާއި ގުޅިގެން އެމްއެންޑީއެފާއި ފުލުހުން އެލާޓް ލެވެލް މަތިކޮށް އެކި ތަންތަން ބަލައި ފާސްކޮށް ހަތިޔާރާއެކު ސިފައިން އަންނަނީ ސަރުކާރުގެ އެކި އިދާރާތަކުގެ ކުރިމަތީގައި ފޯރިމަރަމުންނެވެ.

ނަމަވެސް މިފަދަ ހަމަލާއަކީ ވަރަށް ދުރާލާ ރާވައި އަދި އެކަމުގެ ފަހަތުގައި އެތައް ބަޔަކު ބައިވެރިވާނެ ކަމަކަށްވާއިރު ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް އެފަދަ ހަމަލާއެއްގެ އެއްވެސް އިޝާރާތެއް ވެފައި ނެތުމަކީ ރާއްޖޭގެ ދިފާޢީ ބާރުގެ އިންޓެލިޖެންސް ފެއިލްވެފައިވާ ކަމަށް މާނަކުރެވިދާނެ ކަމެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ބުނެއެވެ.

އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން އެހަމަލާއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މިމައްސަލަ ސީރިއަަސް މަައްސަލައެއްގެ ގޮތުގައި އަންނަނީ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން