އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓް ހާމަނުކުރަން ބަހަނާ ދައްކަނީ ވަކި ބަޔަކު ހިމާޔަތް ކުރުމަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްބުނާ އެޚިޔާނާތުގެ ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އޭރާއި މިހާރުގެ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ނަންތައް ހިމެނޭ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާއި ވަނީ ހިއްސާކޮށްފައެވެ. ޚިޔާނާތުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ދިރާސާ ކުރަމުންދާއިރު އެ ލިސްޓް ހާމަކުރަން މަޖިލީހުން ވަނީ ދެކޮޅު ހަދާފައެވެ.



އެކަމާ ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަަލުން ދުންޔާ މައުމޫން ވަނީ ‏ރިހާކުރު ފުޅިއެއް ވަގަށްނެގި ކަމުގެ ތުހުމަތު ކުރެވޭ ފަރާތުގެ ނަން ހާމަކޮށް، ފޮޓޯ ނޫހުގައި ޖަހަމުންދާއިރު ބޮޑު ޚިޔާނާތުގެ ބައިވެރިންގެ ލިސްޓް އާންމު ނުކުރާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.





"އެހެން ނަމަވެސް ދިވެހިރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ ބައިވެރިންގެ ލިސްޓު ހާމަކުރުމާ މެދު މިފަދަ ބަހަނާ ދައްކަނީ ކޮންމެވެސް ބައެއް ހިމާޔަތްކުރުމަށްކަމަށް ޝައްކުކުރެވޭ." ދުންޔާ ވިދާޅުވިއެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ހާމަކޮށްފައިވާގޮތުން ޚިޔާނާތުގެ ލިސްޓުގައި ހިމެނެނީ 267 މީހެއްގެ ނަމެވެ. އެހެންނަމަވެސް މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އެއަދަދު ވަނީ 281 އަށް އަރާފައެވެ. އެ ލިސްޓްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ ނަން އޮތުމުން އޭނާ ވަނީ އެމައްސަލަ ބަލާ ޖޮއިންޓް ކޮމެޓީން ވަގުތީ ގޮތުން އެއްފަރާތްވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން