ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެކުނުގެ އަތޮޅުތައް ކަމަށްވާ ލ. އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 5 ޖެހުމާއި ހަމައަށެވެ.
މޫސުމާއިބެހޭ ޤައުމީ ޢިދާރާއިން ބުނީ އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއެކު ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މީގެކުރިން ވަނީ ބުނެފައެވެ. އެގޮތުން ދެކުނުގެ ސަރަހައްދުތަކުގެ އިތުރުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްވެސް މިހާރުދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން މިއަދު 13:00އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅާހަމައަށް ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށެވެ.
މޫސުން ގޯސްވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު