އެޕްރީލް 2021 ގައި މީރާއަށް 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.
މިރާއިންބުނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 173.8 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އަދި، އެޕްރީލް 2021ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 82.6 އިތުރު އަދަދެއްކަމަށްވެސް މިރާއިން ބުނެއެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެޕްރީލް 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އެޕްރީލް 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.
މީގެ އިތުރުން، ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއްވެސް ހުސްވި މަހު ބަލައިގަނެފައިވާކަމަށް މީރާއިން ހާމަކުރެއެވެ. އެޕްރީލް މަހު ލިބިފައިވާ އާމްދަނީގެ 20 އިންސައްތަ ހިއްސާކުރަނީ އެފައިސާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އަނެއް ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރާ ސަބަބަކީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހު ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފުރަބަންދުކޮށްފައިވުމުގެ ސަބަބުން އެ މަހުގައި ޓޫރިޒަމް ދާއިރާގެވިޔަފާރި ދަށްވެފައިވުމުން، އެ މުއްދަތާ އަޅައިބަލައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.
އެޕްރީލް 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 60.1 އިންސައްތަ ނުވަތަ 849.61 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 9.8 އިންސައްތަ ނުވަތަ 139.12 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ (%6.8)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 75.58 މިލިއަން ރުފިޔާ (%5.5)، ބީ.ޕީ.ޓީގެ ގޮތުގައި 40.26 މިލިއަން ރުފިޔާ (%2.8) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 214.56 މިލިއަން ރުފިޔާ (%15.2) ހިމެނެއެވެ.
އެޕްރީލް 2021 ގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު