އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށްވެސް ލިބުނުކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ވާހަކަތަކުގެ އަޑު އަނެއްކާވެސް ގަދަވެ ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ބަލަމުންދާ ކަމުގެ އަޑިތަކެއް ފެތުރިފައި ވަނިކޮށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިހެން ވިދާޅުވީ އޭނާ 2016 ވަނަ އަހަރު ކުރެއްވި ޓްވީޓެއްގެ ވާހަކައާއެކުއެވެ.
އެގޮތުން 2016 ވަނަ އަހަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނާއިބު ރައީސްކަމުން ޑރ. ޖަމީލު ވަކިކުރެއްވުމަށްފަހު އެމަގާމަށް އަހުމަދު އަދީބު ވަޑައިގަތުމަށް އެމްޑީޕީގެ 3 މެމްބަރެއް ފިޔަވައި އެހެން މެމްބަރުން ވޯޓް ދެއްވީ އެމްއެމްޕީއާރުސީގެ ފައިސާއިން ދިން ރިޝްވަތުގައި ހިފައިގެން ކަމަށެވެ.
2016 ވަނަ އަހަރު ކުރެއްވި ޓްވީޓުގެ ވާހަކަ އަލުން ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ފައިސާގައި ދެ ޕާޓީވެސް ޖެހުނުކަމަށާއި، ދެބައި މީހުންނަށްވެސް ބައި އެޅުނުކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވަގަށް ގޮވިނަމަވެސް ކުޑަ ދަށުގައި ފައިސާ ބަހަމުން ގެންދާ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިގައުމު ކޮރަޕްޝަނުން ސަލާމަތްކުރަން އެދޭނަމަ، ތެދުވެރި އިސްލާމީ ވެރިޔަކު ޚިޔާރުކުރަންޖެހޭކަމަށް އުމަރު ވިދާޅުވިއެވެ.
"މިއީ އަޅުގަޑު 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ކުރި ޓްވީޓެއް. އެމް،އެމް،ޕީ،އާރު،ސީގެ ޚިޔާނާތުގެ ފައިސާގައި ދެ ޕާޓީވެސް ޖެހުނު، ދެބައި މީހުންނަށް ވެސް ބައި އެޅުނު. މަޖްލިސް ގެ ފްލޯރ ގައި އެއްބަޔަކު އަނެއްބަޔަކަށް ވަގަށް ގޮވާ. ނަމަވެސް ކުޑަ ދަށުގައި ފައިސާ ބަހާ. މި ދައުލަތް ކޮރަޕްޝަނުން މިންޖު ކުރަން އެދޭނަމަ، ތެދުވެރި އިސްލާމީ ވެރިޔަކު ޚިޔާރު ކުރައްވާ." އުމަރުގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަޑު އަނެއްކާވެސް ގަދަވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުން އެކަމާއި ގުޅޭ މަސައްކަތްތަކެއް ފަށައިގެން އުޅޭތީއެވެ. އެގޮތުން މަޖިލީހުގެ 241 ކޮމިޓީއަށް ވަނީ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ފޮނުވާފައެވެ. އަދި އެ ލިސްޓު އާއްމުކުރާނެކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކީ ސިޔާސީ މަޝްރަހަށް އަންނަ ކޮންމެ ލޮޅުމެއްގައި ހިލިގަންނަ މައްސަލައަކަށްވާތީ މިހާރު އެމައްސަލައާއި ގުޅުވައިގެން މަޖިލީހުގެ މެންބަރުން ދައްކަވާ މޮޅު ވާހަކަތައް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ،

ކިޔުންތެރިންގެ ހިޔާލު