މާދަމާއިން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި މި ފިޔަވަޅު އަޅަން ނިއްމާފައިވަނީ ހަފްތާއެއްގެ މުއްދަތަށެވެ.

މާލެ ސަރަހައްދުގައި ކާފިޔު ހިންގާ ވަގުތު މާދާމާއިން ފެށިގެން އިތުރުކޮށްފައިވާއިރު އެޗްޕީއޭއިން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ހުއްޓާލުމަށާއި، ކެއިން ބުއިމުގެ ޚިދުމަތް ދެމުންދާ ކެފޭތައް ބަންދުކުރުމާއި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލަން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު