ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މިއަދު މެދުކަނޑާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭއިން މިފިޔަވަޅު އެޅިއިރު މިސަރަހައްދުގެ ގައުމުތަކުން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް މީހުން އައުން މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިން މީހުންދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

އޮންޑިއާއިން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓް ލަންކާ އިންވެސް ވަނީ ފެނިފައެވެ. ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނުގައިވެސް ކޮންޓްރޯލެއް ނެތި ބަލި ވަނީ ފެތުރެން ފަށާފައެވެ.

މީގެ ކުރިން އެޗްޕީއޭއިން ވަނީ އިންޑިއާގެ ފަތުރުވެރިން މީހުން ދިިރުއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ޗެކްއިން ހުއްޓާލަން އަންގާފައެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 700 އަށްވުރެ މަތީގައެއެވެ. އަދި ފާއިތުވި ދެ ދުވަހުގެ، ބެކްލޮގާއެކު، ކޮންމެ ދުވަހަކު ވެސް 1000 އަށްވުރެ ގިނަމީހުން ޕޮޒިޓިވްވެ ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް