ބޭނުންވާތަކެތި (ހަތަރު މީހުންގެ ކެއުމަކަށް)
400 ގުރާމް ދަޅު ޓްމާޓޯ ޕިއުރީ
300 މިލިގްރާމް ޑަބަލް ކްރީމް
01 ކައްކާފައިހުރި ތަންދޫރީ ޗިކަން (8 އެތިކޮޅަށް ކޮށާފައި)
ލޮނު އަދި މުގުރި އަސޭމިރުސް
ތާޒާކޮށް ހުރި ކޮރިއެންޑަރ (ކުދިކޮށްކޮށާފައި)
ކައްކާފައި ހުރި ބާސްމަތީ ބަތް
ޓިއްކާ މަސާލާއަށް ބޭނުންވާ ތަކެތި
25 ގުރާމް/ ގިތެޔޮ ނޫނީ 2 މޭޒުމަތީ ސަމުސާ ވެޖެޓެބަލް އޮއިލް
01 އަރި ބޮޑު ލޮނުމެދު (ޗިސްކޮށްފައި)
01 ތާޒާ ރަތް މިރުސް (ކަރުގަނޑުނެގުމަށްފަހު ކުދިކޮށްކޮށާފައި)
02 މޭޒުމަތީ ސަމުސާ ދިރި
02 މޭޒުމަތީ ސަމުސާ ޕެޕްރިކާ
1/2 މޭޒުމަތީ ސަމުސާ ލޮނު
މުގުރި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
އުނދުން މައްޗަށް ތަވާލުމަށް ފަހު އާދައިގެ ގިނީގައި ހޫނުމިން ބެހެއްޓުމަށްފަހު އޭގެތެރެއަށް ގިތެޔޮކޮޅު އަޅާށެވެ. ދެން ލޮނުމެދާއި މިރުސް އެޅުމަށްފަހު ފްރައިކުރުމަށް މިނިޓެެއްހާއިރު ހަލުވާށެވެ. އޭގެފަހުން ދިރިއާއި ޕެޕްރިކާ އަދި ރަހަލާވަރަށް ލޮނާއި އަސޭމިރުސް އަޅާށެވެ. މިތަކެތި އަޅަމުންދާއިރު ހަލުވަމުންގެންދާށެވެ. އަދި މިހުރިހާއެއްޗެއް އެޅުމަށްފަހުގައިވެސް 30 ސިކުންތު ވަންދެން ހަލުވާށެވެ.
މިހާރުއެހުރިވަރަށްވުރެވެސް މަޑުގިނީގައި އުނދުން ބެހެއްޓުމަށް ފަހު ޓުމާޓޯއާއި ކްރީމް ތަވައިގެތެރެއަށް އަޅާށެވެ. އަދި އޮލަވަންދެން ގާތްގަނޑަކަށް 10 މިނިޓުވަންދެން ބަހައްޓާށެވެ. ނަމަވެސް ދޭތެރެއިން ހަލުވަން ވާނެއެވެ.
ދެން ހަމަ އެއާއެކު 8 އެތިކޮޅަށް ކޮށާފައިހުރި ކުކުޅުގެ ހަނގަނޑު ނޮޅައި އޭގެ ކަށިތަށް ވަކިކުރާށެވެ. އަދި އަގަޔަށް ލެވޭހާވަރުގެ ސައިޒަށް މަސްކޮޅުކޮށާލާށެވެ. އަދި އެއަށްފަހު އެ މަސްކޮޅު ތަވަޔަށް އަޅާށެވެ. ދެން ތަވާގެ މަތި ރަގަޅަށް ޖެހުމަށްފަހު މަސްކޮޅު ރަނގަޅަށް ހޫނު ވަންދެން ބަހައްޓާށެވެ. އެގޮތުން 3 މިނިޓު ނޫނީ 5 މިނިޓް ވަންދެން ބެހެއްޓުން ރަނގަޅުވާނެއެވެ. އިތުރަށް ރަހަލައްވަން ބޭނުންނަމަ، މަސްކޮޅާއެކު ސީޒަނިން ސޯސް އެޅިދާނެއެވެ.
މަސްކޮޅު ހޫނުވުމުން ޗިކަން ޓިއްކާ މަސާލާ ތައްޔާރު ކުރެވުނީއެވެ. މި މަސާލާ ތާޒާކަންމަތީ ކެއުމަށް ވަގުތުން ތަށިތަށްޓަށް އަޅާށެވެ. އަދި އޭގެ މައްޗަށް ކޮރިއެންޑާ އަޅައި ގާރނިޝްކޮށްލާށެވެ.
މިއީ ބާސްމަތީބަތާއެކު ތާޒަކަންމަތީ ކާލަން ވަރަށް މީރު މަސާލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު