އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހިންގާފައިވާ ބޮޑު ހިޔާނާތުގައި ތުުހުމަތުވާ މީހުންގެ ނަންތައް ހިމެނޭ ލިސްޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ނަން ހިމެނިފައިވާތީ އެ ލިސްޓުން ނަން އުނިކޮށްދޭން އޭނާ އެދިވަޑައިގެންފިއެވެ.

ހިޔާނާތުގެ ލިސްޓު މަޖިލީހަށް ފޮނުވިއިރު ލިސްޓްގައި ހިމެނޭ މީހުންގެ އަދަދު 281 އަށް އިތުރުވެފައިވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ބުނެފައެވެ. އެލިސްޓްގައި ނަން އޮތުމުން އާޒިމް ވަނީ އެ ކޮމެޓީން ވަގުތީ ގޮތުން އެއްްފަރާތްވެވަޑައިގެންފައެވެ.

އާޒިމްގެ ނަން އެ ލިސްޓުގައި އޮތުމާއި ގުޅިގެން، އޭނާ ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ރައީސް އަހްމަދު އަސްއަދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓެއް މަޖިލީހަށް، ފޮނުއްވިއިރު އެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވާ ކަމަށް މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ.

އެ ލިސްޓުގައި އޭނާގެ ނަން އަސްއަދު ހިމެނުއްވީ، ފަހުން ލިސްޓަށް އިތުރު ކުރެވުނު ނަންތަކެއްގެ ތެރޭގައި، އެއްވެސް އަސާސެއް ނެތި، ތަހުގީގު ކުރުމެއްވެސް ނެތި ހަމައެކަނި ވަކި ފަރާތެއްގެ އިރުޝާދުގެ ދަށުން ކަމަށް އާޒިމްގެ އެ ސިޓީގައި ވަނީ ތުހުމަތުކުރަށްވާފައެވެ.

ލިސްޓްގައި ނަން ހިމެނީ ސިޔާސީ ގޮތުން ދައްކާ ވާހަކަތަކާއި، ފާޅުކުރާ ހިޔާލުތައް ބަލައި ނުގަނެވޭތީ އޭނާގެ ނަން ކިލަނބު ކޮށްލުމުގެ ބޭނުމުގައި ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އަދި މިކަމާ ގުޅިގެން ހައިރާންވާ އެންމެ ބޮޑު ކަމަކީ ލިސްޓުގައި ނަން ހިމެނުއްވިއިރު މިއަދާ ހަމައަށްވެސް މި މައްސަލައިގައި އަސްއަދުވެސް އަދި ދައުލަތުގެ އެހެން މުއައްސަސާއަކުންވެސް ސުވާލެއްކޮށް ބަޔާނެއްހާ ހިސާބުވެސް ނަގާފައި ނުވުން ކަމަށްވެސް އާޒިމްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި މީހަކު ނުވަތަ ބަޔަކު ދޭ ބަޔާނަކަށް ނުވަތަ ފޮނުވާ ޓެކްސްޓް މެސެޖަކަށް ރިޢާޔަތްކޮށް ވަކިވަކި ފަރުދުންގެ އަބުރު ކަތިލެވޭފަދަ ޢަމަލުތައް ހިންގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓް އިސްލާހުކޮށްދެއްވައި އޭނާގެ ނަން އުނިކޮށްދިނުމަށް އާޒިމްގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

އާޒިމްގެ ނަން ލިސްޓުން އުނިކޮށްދިނުމަށް އެދިވަޑައިގެންނެވި ނަމަވެސް އާޒިމް ސީދާ އަދީބާއި ކުރަށްވާފައިވާ މެސެޖްތައްވެސް ލިސްޓާއި އެކު މީސްމީޑިއާގައި މިއަދު ވަނީ ލީކްކޮށްލާފައެވެ. ރައީސް ނަޝީދު މީގެކުރިން މަޖިލީހުގެ ތަޅުމުގައި ވިދާވެފައިވަނީ އަދީބުގެ ފޯނުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޚިޔާނާތާއި ގުޅޭ ގިނަ އަދަދެއްގެ މެސެޖުތައް ތަހުގީގަށް ފޯރުކޮށް ދެއްވާފައިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަހުމަދު

13-May-2021

އާޒިމް ޓީވީތަކަށް އަރާ މީހުންގެ ވާހަކަ ގޮވަނީ ކިހާވަރަކަށް ބަލާފަބާ.ލިސްޓުގަ އޮތީ ހަމައެފައިސާގަ ޖެހިފަ އޮތީމަ



ޓްރެންޑިން