އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ މިހާރު ވެރިކަން ހިންގާ ކޯލިޝަންގެ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަ ނެޖޯރިޓީއާއެކު މަޖިލިސް ވެސް ކޮންޓްރޯލް ކުރާ އެމްޑީޕީ ލީޑަރޝިޕްގެ އިސް ފަރާތްތަކަކަށް ލިބިފައިވާކަން ހާމަވާ ލިޔުންތަކެއް ސޯޝަލްމީޑިއާގައި ލީކްކޮށްލައިފިއެވެ.

ސޯޝަލްމީޑިއާގައި ލީކްކޮށްލާފައިވާ ލިޔުންތަކުން އެގޭގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން ޕާލިމެންޓަރީ ގްރޫމްގެ ލީޑަރު އަލީ އާޒިމަށް ވަނީ ލިބިވަޑައިގެންފައެވެ. މިލިސްޓްގެ ސައްހަކަމާމެދު އަދި ރަސްމީ ފަރާތަކުން ބަހެއް ބުނެފައި ނުވި ނަމަވެސް މިލިސްޓުގައި ނަން ހިމެނިފައި އޮތުމުން އެކަމަށް އިންކާރު ކުރަށްވައި ލިސްޓުން ނަން ނަގައިދިނުމަށް އެދި އަލީ އާޒިމް ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ސިޓީއަކުން އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ހިނގާފައިވާކަމަށް ބުނާ މެސެޖު ތަކެއް ކަމަށް ބުނާ މެސެޖްތަކެއް ވެސް މިހާރު ވަނީ ދައުރުވާން ފަށާފައެވެ. ލީކް ކޮށްލާފައިވާ ލިޔުންތަށް ބުނާގޮތުން އޮގަސްޓް 2015 ގައި އަލީ އާޒިމްގެ ގެއަށްގޮސް އެއް މިލިއަން ރުފިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ދީފައިވެއެވެ.

އަދި ހާމަވެފައިވާ އަދީބުގެ ފޯނުގެ ފޮރެންސިކް އެނަލިސިސްއިން އެނގޭގޮތުގައި އަލީ އާޒިމް އެކި ފަހަރުމަތިން އަދީބުއަތުން ފައިސާ ހޯދާފައިކަމާއި ކަނބާލިފަރު ކޮންސްޓްރަކްޝަން ލެޓަރ ހޯދާފައިވާކަމާއި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ވޯޓުތައް ދާގޮތް އަދީބަށް އަންގައި އަދީބުގެ އަތުން ފައިސާ ބޭނުންކޮށްގެން މެމްބަރުންނަށް ރިޝްވަތު ދީފައިވާކަން އެނގެން އޮންނަކަމަށް ލީކް ކޮށްލާފައިވާ ލިޔުންތަކުން ހާމަވެއެވެ. އެހެންނަމަވެސް އަލީ އާޒިމް ވިދާޅުވެފައިވަނީ ލީކް ކޮށްލާފައިވާ ތަކެއްޗަކީ ފޭކް ކަމަށެވެ.

އެމްޑީޕީ ޗެއާޕާސަން ހަސަން ލަތިފާއި ގުޅޭގޮތުން ލީކްކޮށްލާފައިވާ މައުލޫމާތުތަކުން އެގޭގޮތުގައި އޭރު އެމްޑީޕީއާއި އިދިކޮޅު ފަރާތްތައް އިސްވެ އޮވެ ހިންގި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ހަރަދުތަކަށް 5 މިލިއަން ރުފިޔާ ހަސަން ލަތިފާއި ހަވާލުކޮށްފައި ވާކަމަށް ވެއެވެ.

މީގެއިތުރުން އެމްޑީޕީން ހިންގި މިންޖުވާން މުޒާހަރާގެ ހަރަދުތަކަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް 2 މިލިއަން ރުފިޔާ ދީފައިވާކަމަށްވެސް އަދީބު ބުނެފައިވާކަމަށް ލީކް ކޮށްލާފައިވާ މައުލޫމާތުތަކުން ވަނީ ހާމަވެފައެވެ.



އެމްއެމްޕީއާރްސީގެ މައްސަލަ ބަލާ އެފައިސާގައި ޖެހިފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އެމްޑީޕީން ވެފައިވާ ވައުދެއް ކަން ފާހަގަކޮށްލެވެއެވެ. މި މައުލޫމާތުތައް ލީކުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާ ކޮށްފައި ވަނިކޮށެވެ. ޚިޔާނާތުގެ ލިސްޓް ހާމަކުރަން އެމްޑީޕީގެ އިސްބޭފުޅުން ކުރިން ގޮވާލި ނަމަވެސް އެ ޚިޔާނާތުގެ ލިސްޓް މަޖިލީހަށް ހަމަ ލިބުމާއެކު އެބޭފުޅުންގެ ރާގުވަނީ ކުއްލިއަކަށް ބަދަލުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޕައިން އަހްމަދު

13-May-2021

ހިޔާނާތުގެ ވާހަކަ ލިޔާނެ ވަރަކަށް ލިޔާށެވެ. އެފަރާތްތަކުގެ ފޮޓޯވެސް އާއްމުކޮށްޖަހާށެވެ. އެކަމަކު ކަމާ ނުގުޅޭ މީހުންގެ ވާހަކަ އެކަމުގައި ނުހިމަނާށެވެ. ކަމާއިނުގުޅޭ މީހުންގެ ފޮޓޯވެސް ފޮޓޯގެ ކަނަކުންވިޔަސް ފެނިގެން ނުވާނެއެވެ.



ޓްރެންޑިން