އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގެ އިތުބާރު ގެއްލުވާލަން އުޅޭކަމަށާއި، އެހެން ނަމަވެސް އެ ލިސްޓް ހާމަކުރައްވާނެ ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެއެެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ލިސްޓު އާންމުކުރުމަށް ހުރަސް އެޅުމަށާއި، އިތުބާރު ގެއްލުވާލުމަށް ކިތަންމެ ވަރަކަށް އަސްލެއް ނެތް ލިޔުންތަކެއް ހަދައިގެން ނެރުނަސް، މިކަމުގައި ޝާމިލުވާ ހުރިހާ އެންމެންގެ ލިސްޓު އާންމުކުރާނެ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ ހަފްތާގައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވާފައެވެ. އެގޮތުން އެ ލިސްޓު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ޚިޔާނާތުގެ އެލިސްޓް ހާމަކުރަން މަޖިލީހުން ދެކޮޅު ހަދާފައިވާއިރު އެ ލިސްޓްގައި އެމްޑީޕީގެ ލީޑަރ ޝިޕްގެ އިސްފަރާތްތަކެއް ތިބި ކަން ވަނީ ހާމަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން