އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަަމަށް ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުގައި ތިބި މީހުން ވަކިކުރަން ހުށަހަޅާ ގޮތަށް 241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން ނިންމައިފި އެވެ.

ޖޮއިންޓް ކޮމިޓީން މިއަދު ބާއްވާ ބައްދަލުވުމުގައި ފައިނަލް ކުރުމަށް ސަބްކޮމިޓީން އެކުލަަވައިލި ރިޕޯޓްގައި ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށް ވަނީ ހިމަނާފައެވެ. ސަބް ކޮމިޓީން ރޭ އެކުލަވައިލި ރިޕޯޓްގައި މައިގަނޑު އަށް ކަމެއް ކުރަން ވަނީ ހުށައަޅާފައެވެ. އެގޮތުން އެ ރިޕޯޓްގެ ފަސްވަނަ ކަމެއްގެ ގޮތުގައި އޮތީ ޚިޔާނާތުގެ ތުހުމަތުވާ މީހުން ވަކިކުރުމެވެ. ހަވަނައަށް އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްގައި ހުރި އެހެން ހުށަހެޅުންތަކުގެ ތެރޭގައި، ހިމެނެނީ މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުންް ފައިސާ އަނބުރާ ހޯދަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ދެންނެވުމާއި އެކަން ކުރިއަށްދާގޮތް މަޖިލީހުން ބެލުމަށެވެ. މީގެ އިތުރުން ތަހުގީގު ކުރިއަށް ދާއިރު ތުހުމަތުވާ ފަރާތްތަކަށް މިހާރުން މިހާރަށް އެޅެން ހުރި އެހެން ފިޔަވަޅުތައް އެޅުމަށް ވެސް އެކުލަވާލި ރިޕޯޓްގައި ބުނެފައިވެއެވެ.

ސަބްކޮމިޓީން ރޭ ފައިނަލް ކުރި ރިޕޯޓް ޖޮއިންޓް ކޮމިޓީ އަށް މިއަދު ހުށައެޅުމަށް ވަނީ ނިންމާފައެވެ. އެ ރިޕޯޓް ލިބުމާއި އެކު ލަސްނުކޮށް ފައިނަލްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖޮއިންޓް ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނިއްމާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ 281 ފަރާތެއްގެ ނަމާއި މައުލޫމާތު އެސެޓް ރިކަރަވީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާއިރު އެ ލިސްޓް މަޖިލީހުގެ ޖޮއިންޓް ކޮމެޓީއަކުން މިހާރު ވަނީ ދިރާސާ ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން