ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅެއް ހަމައްޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ ދައުލަތުގެ އަނެއް ދެ ބާރަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެއްވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އަންގާފައެވެ. އަދި ގާނޫނުގެ ތެރެއިން މިކަން ނުކުރެވޭނަމަ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް އެކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންޑާރަ ނައިބަށް އަންގަވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މަބްރޫކް އަޒީޒް ވިދާޅުވީ ރައީސްގެ މި ނިންމެވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅެއް ހަމައްޖެއްސުންވެސް ހިމެނޭކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދައުލަތުން ރަސްމީ ގެކޮޅެއް ހަމަޖައްސައިދީފައިވާއިރު، ދައުލަތުގެ އަނެއް ދެބާރު ކަމަށްވާ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް މިހާތަނަށް އެފަދަ އިންތިޒާމެއް ނޯވެއެވެ.

ކިޔުންތެރިންގެ ހިޔާލު