ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ޤައުމާ މުޚާތަބުކުރައްވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވަނީ ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމުގެ ހެޔޮ ތައުފީޤާއި މަތިވެރި ނަސީބު، އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި މާތް ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު އަދާކުރައްވާފައެވެ. އަދި ފިޠުރު ޢީދުގެ މުނާސަބަތުގެ ތަހުނިޔާ، ދިވެހި ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި މުޅި އިސްލާމީ އުންމަތަށްވެސް ރައީސް ވަނީ ފޮނުއްވާފައެވެ.



ރައީސް ވަނީ ކޮވިޑުގެ މި އުނދަގޫ ޙާލަތުގައި ކުރިމަތިލާ މި ޢީދުގައި, އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އިލްތިމާސްކުރަައްވާފައެވެ.

ރައީސް ވިދާޅުވީ ޢީދު ދުވަހަކީ، ދީނީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް، އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ދުވަހެއްކަމަށާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ އެކުވެރިކަމާއެކު އުޅުމުގެ ދުވަހަކަށް މިދުވަސް ހަދަންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން