6 މޭގެ ހާދިސާއަށްފަހު ރައީސް ނަޝީދުގެ ފުރަތަމަ ފެނިލުން- (ފޮޓޯ- މީސްމީޑިއާ)
6 މޭގެ ހާދިސާއަށްފަހު ރައީސް ނަޝީދުގެ ފުރަތަމަ ފެނިލުން- (ފޮޓޯ- މީސްމީޑިއާ)
ހެޔޮވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅު ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފިތުރުއީީދުގެ ތަޙުނިޔާ ފޮނުއްވައިފި އެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު، ކުރެއްވި ފުރަތަމަ ޓްވީޓުގައި ރައީސް މުހަންމަދު ނަޝީދު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެ ތަޢުރީފް ކުރަށްވާފައެވެ.

އެއާއެކު ރައީސް ނަޝީދު ވަނީ، ފިތުރު އީދުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

"މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން ތިޔަބޭފުޅުން ތި އެދިވަޑައިގަންނަވާ ހެޔޮ ވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނާނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދު އާއިލާއިން މިހާރު ދަނީ ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާއަށް މިއަދު އެމަނިކުފާނު ޖަރުމަން ވިލާތަށް ގެންދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ނަޝީދު އިތުރު ފަރުވާއަށް މިއަދު ހެނދުނު ޖަރުމަނު ވިލާތަށް ފުރާވަޑައިގަންނަވާނޭ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށް އޭޑިކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަ ފުއްތަށް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށް ވެސް ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފައި ވެއެެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން މިހަމަލާއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން