އަހުމަދު މަސްނޫމް   13 މޭ 2021 - 16:59
ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) ރޭ ފަތިހު އަވަހާރަވެއްޖެއެވެ.

ސަރުދާރު ދޮންމަނިކު އަވަހާރަވީ އުމުރުން 93 އަހަރުގައި ސިއްހީ ހާލުކޮޅު ގޯސްވެ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށެވެ.

މ. ނޫވިލު ސަރުދާރު ދޮންމަނިކަކީ އަތްތެރި މަސައްކަތްތަކާއި ކުރެހުމުގެ ދާއިރާއިން ރާއްޖޭގައި ވަރަށް ކުރީއްސުރެ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ކުރެހުންތެރިކަމުގެ ރޮނގުން 1996 ވަނަ އަހަރު ދިވެހި ސަރުކާރުން އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ.

ދޮންމަނިކަކީ ރާއްޖޭގައި އެންމެ ފުރަތަމަ ސްކޫބާ ޑައިވަރުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ.



ސަރުދާރު ދޮންމަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން