ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނީ ލަންކާ ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޮކްގެ ބައެއް ލަންކާއަށް ގެންގޮސް، ލަންކާގައި ތިބި ދިވެހިންނާއި ހައިކޮމިޝަން ސްޓާފުންނަށް ވެކްސިން ދިން ކަމަށް ބުނެ ވާހަކަދައްކަމުންދާތީ އެކަމަށް ރައްދުދެއްވަމުންނެވެ.
އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކު ވިދާޅުވީ އެހެން ގައުމުތަކުގައި ތިބޭ ދިވެހި ޑިޕްލޮމެޓުންނަށް ދޭނެ ވެކްސިން އެއްވެސް ގައުމަކަށް ނުފޮނުވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެހެން ގައުމުތަކެކޭ އެއްގޮތަށް ލަންކާގައިވެސް އެ ގައުމުގައި ތިބޭ ޑިޕްލޮމެޓުންނަށް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ވެކްސިން ޖަހައިދޭކަމަށެވެ. އެގޮތުން ދިވެހި އެމްބަސީގެ ބޭފުޅުންނަށްވެސް ވެކްސިން ދެމުންދާކަމަށް މަބްރޫކު ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި ގޮތުގައި ލަންކާގައި ތިބޭ ރާއްޖޭގެ ޑިޕްލޮމެޓުންނަށް ދިނުމަށް، ރާއްޖެއިން ވެކްސިން ފޮނުވައިގެން ވެކްސިން ވަނީ ދީފައެވެ.
ރާއްޖޭގައި ވެކްސިން ލިބުމުގެ ތާށިކަމެއް އުޅޭއިރު، އިތުރު ވެކްސިން ހޯދުމަށް ސަރުކާރުން މިހައރވަދަނީ މަސައްކަތްކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު