މިދިޔަމަހު މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި 2 ފިރިހެނުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މި ދެ މީހުންނަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ލެމަންގްރާސް ރެސްޓޯރަންޓް ކައިރިން އަންހެނަކު ހިފަހައްޓައި، ގޯޅިގަނޑެއްގެ ތެރޭގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ވައްދައި ރޭޕްކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި 2 މީހުންނެވެ. އެއީ 18 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައިވާއިރު، މިއި އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ހަތަރު ވަނަ ފަހަރެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަހަރު އެމީހުންގެ ބަންދަށް ކޯޓުން ޖަހައިދިނީ 7 ދުވަސްކަމަށެވެ.

ރޯދަމަހުގެ ތެރޭގައި ހިނގި މިހާދިސާގެ ވީޑިއޯއެއް އާއްމުވެފައިވާއިރު، އެ ވިޑިއޯއިން ފެންނަނީ އެމީހުނާއެކު ނުދާން އަންހެން މީހާ ގަދަ ދައްކަމުންދަނިކޮށް އުފުލާލައިގެން އެ އަންހެން މީހާ ގޯޅި ގަނޑަކަށް ވައްދާ މަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން